Skip to content
Menu

ޕޯޓަލް އާ ބެހޭ

 މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލް އަކީ ރާއްޖޭގައި ހިމާޔަތްކުރުމާބެހޭގޮތުން ހިނގާ ހުރިހާކަމެއްގެ މަޢުލޫމާތާޢި ޢިލްމެގެ އާންމުކޮށް ހުޅުވާލެވިފައިވާ ވަޞީލަތެކެވެ.

މި ޕޯޓަލް އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގައި ހިނގާ ހުރިހާ ދިރާސާއަކާ ހިމާޔަތްކުރުމުގެ މަސައްކަތުގެ މަޢުލޫމާތާއި، އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ މިފަދަ މަޝްރޫޢުތައް ހިމެނިފައިވާ ތަޅުމެކެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ޝާމިލް ވެވި، އަދި ޤުދްރަތީ ވަޞީލަތްތައް ބެލެހެއްޓުން ހަރުދަނާކުރުމުގައި މިފަދަ މަޢުލޫމާތު ބޭނުންކުރެވޭގޮތް އެނގިގެން ދާނެއެވެ.

މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލް އަކީ އައިޔޫސީއެން މޯލްޑިވްސް މެރީން ޕްރޮޖެކްޓްސް، މިނިސްޓްރީ އޮފް އެންވަޔަމަންޓް އެންޑް އެނަޖީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މެރިން ރިސާޗް ސެންޓަރ، އެންވަޔަމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ޔޫއެސްއެއިޑްގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓް ރިޖެނަރޭޓްގެ ބައެކެވެ. ޕްރޮޖެކްޓް ރިޖެނަރޭޓްގެ އަމާޒަކީ މި ޕޯޓަލް މެދުވެރިކޮށް 1) ވިލުމުގެ މައްޗަށް ބިނާވެގެން ޤުދްރަތީ ވަޞިލަތްތައް ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކާބެހޭ މަޢުލޫމާތާއި ޢިލްމު އުފެއްދުން ތަރައްޤީކުރުން. 2) ރާއްޖޭގައި ހިންގާ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އެ މަޢުލޫމާތު ފަސޭހައިން ލިބޭނެގޮތް ހެދުން.

ބައިވެރިވާ ޖަމްޢިއްޔާތައް

IUCN

The International Union for Conservation of Nature (IUCN) helps the world find pragmatic solutions to our most pressing environment and development challenges. It supports scientific research, manages field projects all over the world and brings governments, non-government organisations, United Nations agencies, companies and local communities together to develop and implement policy, laws and best practice.

Website