Skip to content
Menu

e-Learning

ރާއްޖޭގައި ދިރާސާތައް ކުރެވެމުން ދާތާ ކިތަންމެ އަހަރެށް މިހާރުވެއްޖެއެވެ. ނަމަވެސް މި ދިރާސާ ކުރާ މީހުންނާ މުޢާމަލާތު ކުރުން އަދި މި މަޢުލޫމާތުހޯދުމަކީ ވަރަށް އުނގަދޫ ކަމެކެވެ. އައިޔޫސީއެން މޯލްޑިވްސް މެރީން ޕްރޮޖެކްޓްސްއާ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައެންސާ ގުޅިގެން މެރީން ކޮންޒަވޭޝަން ކޯސް ތައްޔާރު ކުރެވިފައިވަނީ ކުރިއާ މިހާރުގެ ދިރާސާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފަސޭހައިން ލިބި އެ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައެވެ.

ރިސާޗް ބެކްގްރައުންޑް

މި ކޯހުގެ ފިލާވަޅުތައް ފަހުމްވުމަށް އިތުރު ތަޢުލީމެއް ބޭނުމެއްނުވެއެވެ.މި ލެކްޗަރތައް އާއްމު ކޮއް ހުޅުވާލާފައި ވީނަމަވެސް މި ލެކްޗަރތައް ފުރަތަމަ ތައްޔާރު ކުރެވުނީ ފެކަލްޓީ އޮފް ސައެންސްގެ ބެޗެލަރސް އިން އެންވަޔަމަންޓް މެނޭޖްމަންޓްގެ ދަރިވަރުންނަށެވެ.

ކޯސް ފޯމެޓް

މި ކޯސް ބެހިފައި ވަނީ މައިގަނޑު 3 ބަޔަކަށެވެ. ކޮންމެ ބަޔެއްގައި އެކެއް ނުވަތަ އެޔަށް ވުރެ ގިނަ ލެކްޗަރ ހިމެނޭނެއެވެ. ކޮންމެ ލެކްޗަރަކަށް ތިރީގައި މިވާ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ.

  • ޗެޕްޓަރ ތަކަށް ބަހާލެވިފައިވާ ލެކްޗަރުގެ ވީޑިއޯ
  • ކޮންމެ ޕްރެޒެންޓޭޝަނެއްގެ އޯޑިއޯ ފައިލްސް
  • ޕްރެޒެންޓޭޝަން ގެ ޕީޑީއެފް
  • އިތުރު މަޢުލޫމާތު އެކުލެވޭ ލިޔުންތައް
  • ބޭނުންތެރި ލިންކުތައް

ކޮންމެ ލެކްޗަރެއް ނިމުމަށްފަހު އަމިއްލަ ނަފްސު ވަޒަން ކުރުމަށް ޓެސްޓެއް އިންނާނެއެވެ.

އާއްމު ސުވާލާއި ޖަވާބު

ކޯހުގެ މުއްދަތަކީ ކޮބާ؟

މި ކޯހަށް ކަނޑައެޅިފައިވާ ވަކި މުއްދަތެއް އަދި ނެތެވެ. އިތުރު މޮޑިއުލް ތަކާ ލެކްޗަރތައް 2015 ނިމުމާހަމައަށް ހިމެނެމުންދާނެއެވެ. ކޮންމެ ލެކްޗަރެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ގަޑިއެއްހާއިރެވެ. އަދި ލެކްޗަރ ނިމުމުން ސުވާލާއި ޖަވާބުގެ ސެސަންއެއް އިންނާނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް އެއްވެސް އަގެއް ދައްކަންޖެހޭނެ ހެއްޔެވެ.

މި ކޯހަކީ ހިލޭ އަދި އާއްމުކޮށް ހުޅުވާލެވިފައިވާ ކޯހެކެވެ. ކޯހުގެ ވީޑިއޯތައް ޔޫޓިއުބްގައި އަދި ޕްރެޒެންޓޭޝަން ތަކުގެ ޕީޑީއެފް މި ޕޯޓަލްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ވީޑިއޯތައް ބަލަން ޖެހޭނީ ވަކި ތަރުތީބަކުންތަ؟

ލެކްޗަރތައް ބަހާލެވިފައިވަނީ އޭގައި ހުރި މަޢުލޫމާތައް ބިނާކޮށެވެ. ނަމަވެސް ކޮންމެ ލެކްޗަރަކީވެސް އެހެން ލެކްޗަރުތަކާ ވަކިން ބެލޭގޮތައް ތައްޔާރުކޮށްފައިވާ ލެކްޗަރެއް ކަމުން ބޭނުން ތަރުތީބެއްގައި މި ލެކްޗަރ ތައް ބެލޭނެއެވެ.

ޓެސްޓުގައި ބައިވެރިވެޥޭނީ ކިތައް ފަހަރު؟

ލެކްޗަރގެ ނިންމުމުގައި ވާ ޓެސްޓް ކިތައްމެ ފަހަރަކުވެސް ހެދިދާނެއެވެ. ޓެސްޓް ތައްޔާރުކުރެވިފައިވަނީ ގޫގްލް ފޯރމސް ގައި ޓެސްޓްގެ ނަތީޖާ އެމީހެއްގެ އީމެއިލްއަށް އަންގޮތަށެވެ.

މި ކޯސް ނިމުނުމް ސެޓްފިކެޓެއް ލިބޭނެތަ؟

އަދި ސެޓްފިކެޓެއް ނުލިބޭނެއެވެ. ނަމަވެސް ހުރިހާ ލެކްޗަރެއް ފައިނަލް ކުރެވުމުން މި ކޯސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އެކްރެޑިޓް ކުރުމުގެ ވިސްނުމެއް އެބަ އޮތެވެ.

Nothing found.