Skip to content
Menu

ޒާތީ މަޢުލޫމާތާއި ސިއްރު ކުރުން

  • މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލް ގައި ރެޖިސްޓަރ ކުރުމުން، އަޅުގަނޑުމެންގެ ނިއުސްލެޓަރ އަށް އިޝްތިރާކު ދެއްކުމުން، މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލް އަށް ޒިޔާރަތްކުރުމުން، އަދި އީމެއިލްގެ ޒަރީއާއިން އަޅުގަނޑުމެންނާ ގުޅުއްވުމުން ޒާތީ މަޢުލޫމާތު ޕޯޓަލްގައި ރައްކާކުރެވޭނެއެވެ. ރެޖިސްޓަރ ކުރާއިރު ނަން، އީމެއިލް، އެޑްރެސް، ވަޒީފާ އަދި ތައުލީމީ ފެންވަރާ ބެހޭ މަޢުލޫމާތަށް އަޅުގަނޑުމެން އެދެމެވެ.
  • މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލްއިން ތި ބޭފުޅުންގެ ޒާތީ މަޢުލޫމާތު އެހެން މީހުންނަށް ނުވަތަ ކަމާނުބެހޭ ކުންފުނިތަކަށް ކުއްޔަށްދީ، ވިއްކައި ނުވަތަ ހިއްސާކޮށެއް ނުހަދާނެއެވެ. ތިޔަ ފަރާތުން އެދިލައްވާ ޚިދުމަތްތަތް (ނިއުސްލެޓަރސް ފަދަ) ތިޔަ ފަރާތުގެ ހުއްދައާއެކު ފޯރުކޮށް ދިނުން މީގެއިން އިސްތިސްނާވެއެވެ. ޔޫޒަރ ރެޖިސްޓްރޭޝަންގެ މަޢުލޫމާތަ ހޯދުމަށް، ނުވަތަ ބަދަލު ކުރެއްވުމަށް، ނުވަތަ ޑިއެކްޓީވޭޓް ކުރެއްވުމަށް އެދިލެއްވެވޭނެއެވެ.
  • މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލްއިން ބޭނުން ކުރައްވާ ފަރާތްތަކުގެ ބްރައުސަރ މެދުވެރިކޮށް ބައެއް މަޢުލޫމާތު ޕޯޓަލްގެ ސަރވަރ ލޮގްގައި ރައްކާ ކުރެވޭނެއެވެ. މީގެ ތެރޭގައި ބޭނުންކުރައްވާ ފަރާތްތަކުގެ އައިޕީ އެޑްރެސް، ސައިޓް ކުކީގެ މަޢުލޫމާތު، ބައްލަވައިފައިވާ ސަފްހާ އަދި ޑައުންލޯޑް ކުރައްވާ ފައިލްގެ މަޢުލޫމާތު ހިމެނެއެވެ. މޯލްޑިވްސް ކޮންޒަވޭޝަން ޕޯޓަލްއިން މި މަޢުލޫމާތު ބޭނުންކުރަނީ ބޭނުންކުރާފަރާތްތައް އެދޭ ގޮތަށް މަޢުލޫމާތާ ޚިދުމަތް ފޯރުކޮށްދިނުމަށާ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާ، ދިރާސާ ކުރުމަށް އަދި ބޭނުންކުރާ ފަރާތްތަކާ މުޢާމަލާތުކުރުމަށެވެ.

 

ބޭނުންކުރުމުގެ ޝަރުތުތަކާ، މަޢުލޫމާތު ސިއްރުކުރުމާ އަދި ހަވާލާދިނުމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންނާ ގުޅުއްވާ.