Skip to content
Menu

މަޝްރޫޢުތައް

ދިވެހިރާއްޖޭގައި ސަރުކާރާއި އަދި އެހެނިހެން ފަރާތްތަކުން ދަނީ ރާއްޖޭގެ ޤުދްރަތީ ވަސީލަތްތައް ހިމާޔަތްކުރުން ހަރުދަނާ ކުރުމަށްޓަކައި ދިރާސާ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މި ސަފްހާއިން ރާއްޖޭގައި މިހާރު ހިނގާ މިފަދަ ހުރިހާ މަޝްރޫޢަކާއި އަދި އެ މަޝްރޫޢުތައް ހިންގާ ޖަމާޢަތްތަކާބެހޭ މަޢުލޫމާތު ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ސައެންސް މަޝޤރޫޢުތައް

Project REGENERATE

A joint initiative of IUCN, MEE, MoFA, MRC and EPA, project REGENERATE (sponsored by USAID) aims at developing a Resilience-Based Management (RBM) framework to improve the ability of policy-makers and stakeholders in the Maldives to understand and address the risks from global, regional and local-scale pressures on their environment.

Website

ނޭޝަނަލް ކޮރަލް ރީފް މޮނިޓްރިންގް ފްރޭމްވަރކް

 ނޭޝަނަލް ކޮރަލް ރީފް މޮނިޓްރިންގް ފްރޭމްވަރކަކީ ވެޓްލޭންޑް ކޮންޒަވޭޝަން އެންޑް ކޮރަލް ރީފް މޮނިޓޮރިންގް ފޮރ އެޑެޕްޓޭޝަން ޓު ކްލައިމެޓް ޗޭންޖް ( އެންސީއާރއެމްއެފް ) ޕްރޮޖެކްޓް ގެ ބައެކެވެ. އެންސީއާރއެމްއެފް އަކީ ރިސޯޓްތަކާ ޑައިވްސެންޓަރު ތަކުން ޤުދްރަތީ ވަސީލަތްތަކާ ބެހޭ މަޢުލޫމާތު އެއްކުރުމުގައި ބައިވެރިވާ މިންވަރު އިތުރު ކުރުމުގެ މަޤްޞަދުގައި ތައްޔާރު ކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްރޮޖެކްޓްގެ ސަބަބުން މުރަކަ ފަރުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަށް ބޭނުންވާ ސައެންޓިފިކް ހެކި ހޯދޭނެކަމަށް ބެލެވެއެވެ.

Website

ގްރީންފިންސް އިނިޝަޓިވް

ުނައިޓެޑް ނޭޝަންސް އެންވަޔަމަންޓަލް ޕްރޮގްރާމް (ޔުނެޕް) އިން ގްރީން ފިންސް އުފައްދާފައިވަނީ ރީޖަނަލް ސީޒް ޕްރޮގްރާމްގެ ދަށުން މުރަކަ ފަރުތައް ހިމާޔަތްކުރުމާއި ގެއްލުންދެނިވި ފަތުރުވެރިކަމުގެ އުސޫލުތައް މަދުކުރުމަށް އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ބައެއްގެ ގޮތުންނެވެ. ގްރީން ފިންސް ބަލަހައްޓަނީ ބެންކޮކްގައި ހުންނަ ޔުނެޕްގެ ކޮރަލް ރީފް ޔުނިޓާއި ރީފްވޯލްޑާއި ގުޅިގެނެވެ. ގްރީންފިންސްއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ޑައިވް ސެންޓަރުތަކާއި، ސްނޯކްލިންގް އޮޕަރޭޓަރުން، އާއްމު ރައްޔިތުން އަދި ސަރުކާރުތަކަށް ތިމާވެއްޓަށް ބުރަ ނުވާނެ ގޮތުގެ މަތިން މަސައްކަތް ކުރުމަށް ބާރު އަޅުވާ ވިސްނުމެކެވެ. މި މަސައްކަތް ބޮޑަށް ހިންގެނީ އަމިއްލަ ފަރާތްތަކުން ކުރާ ފަތުރުވެރިކަމުގެ ހަރަކާތްތަކުގައި ކޯޑް އޮފް ކޮންޑަކްޓަކަށް ތަބާވެގެނެވެ.

Website

ދިވެހިރާއްޖޭގެ ދިރާސާ ކުރާ ޖަމާއްތްތައް